Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކާފިއު ގަޑިއަށް މީޑިއާތަކަށް ހާއްސަ ފަހެއް ދޫކުރަނީ

މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ: ފޮޓޯ / ސަން

ގްރޭޓާ މާލެ ސަރަހައްދުގައި ކާފިއު ހިންގާއިރު، މީޑިއާތަކަށް ބޭރުގައި އުޅުމަށް ހާއްސަ ފާހެއް ދޫކުރަން ނިންމައިފިއެވެ.

އެގޮތުން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގާ ރޭގަނޑުގެ ވަގުތުތަކުގައި މީޑިއާތަކުގައި މަސައްކަތް ކުރައްވާ ނޫސްވެރިންނާއި ކެމެރާމަނުން ފަދަ މީހުންނަށް ބޭރުގައި އުޅެވޭ ގޮތަށް ހާއްސަ ފާހެއް ދޫކުރަން ނިންމާފައިވާ ކަމަށް މޯލްޑިވިސް މީޑިއާ ކައުންސިލުގެ ފަރާތުން ވަނީ ބުނެފައެވެ.

ކާފިއު ހިންގާ ގަޑިތަކުގައި ބޭރުގައި އުޅުމުގެ ހުއްދަ ބޭނުންވާ މީޑިއާތަކުން ލިޔެކިޔުންތަަކާއެކި މިމަހުގެ 20 ގެ ކުރިން އެކަމަށް މީޑިއާކައުންސިލްގައި އެދުމަށްވެސް ވަނީ ބުނެފައެވެ.

ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ފިޔަވަަޅުތައް ވަރުގަދަ ކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކުރީ މި މަހުގެ ދެވަނަ ދުވަހުއެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގަން ނިންމިއެވެ.