Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު ޝަރުއީ ދާއިރާ

ހެކިން ހާޒިރު ނުކުރެވި ނަދީމު މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި

ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ދައުލަތަށް ހެކިން ހާޒިރު ނުކުރެވިގެން މިއަދުގެ އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.

ޖުލައި 27، 2017 ތޫނު އެއްޗަކުން ހަމަލާދީ ނަދީމު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް އާއި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ އިތުރުން ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އާއި ގއ ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

އެ މައްސަލައިގައި މިއަދު ތާވަލުކޮށްފައިވަނީ ސިއްރު ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ. އެހެންނަމަވެސް ދައުލަތަށް ހެކިން ހާޒިރު ނުކުރެވުމުގެ ސަބަބުން މިއަދުގެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށް ބުދަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމާފައެވެ.

މި މައްސަލައިގައި މިދިޔަ ހަފްތާގައިވެސް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުލަތަށް ހެކިން ހާޒިރު ނުކުރެވުމުންނެވެ.