Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ކޮވިޑު-19

50 އިންސައްތަ ފުލުހުންނަށް ވެކްސިން ދީފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން-- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ ތެރެއިން 50 އިންސައްތަ ފުލުހުންނަށް ވެކްސިން ދީފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މިހާތަނަަށް ވެކްސިން ޖަހާފައިވާ މުވައްޒަފުންގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސައްކަތް ކުރާ 1676 މުވައްޒަފަކު ވެކްސިން ޖަހާފައިވާ ކަމަށެވެ.

ޕޮލިސް މެޑިކަލްގެ ބެލުމުގެ ދަށުން ފުލުހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އަދި މިހާތަނަށް އެއްވެސް މުވައްޒަފަކު ވެކްސިން ނުޖަހައިގެން ފިޔަވަޅު އަޅަން ނިންމާފައި ނުވާކަމަށާއި، އަދި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފުލުހުން ވެކްސިން ޖަހާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.