Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު ކައުންސިލް އިންތިހާބް

ޕީޕީއެމް ކެމްޕެއިން ލޯންޗްކުރުން މިރޭ

އަބްދުﷲ ހަލީލް، ފޮޓޯ: އަވަސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު ޕީޕީއެމް ޕިއެންސީ ކޯލިޝަންގެ ކެމްޕެއިން ލޯންޗްކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެކަމަށް ޕީޕީއެމުން ހާމަކޮށްފިއެވެ.

"މަގޭ ވޯޓު ރުކަށް" ކެމްޕެއިން ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ.

ކައުންސިލް އިންތިހާބުގެ އިދިކޮޅު ތަރުޖަމާން ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މިރޭގެ ޖަލްސާ ކުރިއަށްގެންދާނީ އޮންލައިންކޮށްކަމަށެވެ. އަދި މިއީ ރާއްޖޭގައި އޮންލައިންކޮށް ބޭއްވޭ މިފަދަ އެންމެ ބޮޑު އިވެންޓެއް ވާނެކަމަށްވެސް ވިދާޅުވި އެވެ.

އެގޮތުން ޑރ. ޚަލީލް ވިދާޅުވީ މި އިވެންޓުގައި 4 ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުން ވަހަކަ ދައްކަވާނެ ކަމަށެވެ. އަދި ޖުމްލަ 1200 އެއްހާ ކެންޑިޑޭޓުން މިރޭގެ އިވެންޓުގައި ބައިވެރިވާނެ ކަމަށް ވިދާޅުވިއެެވެ.

މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފަިއ އޮތް ލޯކަލް ކައުންސިލް އިންތިހާބު މިއަހަރަށް ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. އެގޮތުން އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އިންތިހާބާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލަިއންގެ ސަބަބުން ބޮޑެތި ދަތިތަކެއް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބުނަމުންނެވެ.