Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު ކޮވިޑު ވެކްސިން

ހޮނިހިރު ދުވަހުން ވެކްސިން ދެވަނަ ޑޯޒް ޖަހަން ފަށަނީ

ރާއްޖޭގައި ޖަހަނީ "ކޮވިޝީލްޑް" ވެކްސިން -- ފޮޓޯ: މިހާރު

އޭޕްރިލް ތިން ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށްޖަހާ އެސްޓްރަޒެނެކާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެވަނަ ޑޯޒް ޖަހަން ފަށާ އިރު އެ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ވަނީ އިއްޔެ ރާއްޖެ ގެނެސްފަ އެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ.

މާލޭގެ އަށް ސެންޓަރުންނާ އަތޮޅުތަކުގެ 169 ސެންޓަރެއްގައި ވެކްސިން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިހާތަނަށް ރާއްޖޭގެ އާބާދީގެ 47 އިންސައްތަ މީހުނަށް ވަނީ ވެކްސިން ދީފައެވެ. ވެކްސިން ޖަހާފައިވާ ޖުމުލަ 235،682 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 130،376 މީހުންނެވެ. އަދި އަތޮޅުތެރެއިން 105،306 މީހުން ވަނީ ވެކްސިން ޖަހާފައެވެ.