Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު ޝަރުއީ ދާއިރާ

ޖުމައްޔިލްގެ މައްޗަށް ދައުވާކޮށްފި

ފިލްމީ ތަރި މުހައްމަދު ޖުމައްޔިލު ނިމާލްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ އުފުލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުމައްޔިލްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ޖުމައްޔިލްގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ އެވެ.

މި މައްސަލައަކީ ކުރީގެ ޕީޖީ އައިޝަތު ބިޝާމް އެކަށީގެންވާ ހެކި ނެތްކަމަށްބުނެ ދައުވާ ނުކުރުމަށް ނިންމާފައިވާ މައްސަލައެކެވެ.

ޖުމައްޔިލްގެ މައްޗަށް މިފަދަ ތުހުމަތެއް ކޮށް ސޯޝަލްމީޑީއާގައި ވެސް ވާހަކަތައް ދެކެވިފައިވެއެވެ. އެގޮތުން ޖުމައްޔިލްގެ ދެބެންގެދެދަރި އަންހެން ކޮއްކޮ އަކަށް ޖުމައްޔިލް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެ އަންހެން ކުއްޖާ ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވާއިރު އެ ކުއްޖާ ތުހުމަތުކުރާ ގޮތުގައި ޖުމައްޔިލް އޭނާ އަށް ޖިންސީ ގޯނާކުރީ 2016 ވަނަ އަހަރުގެ ތެރޭގައި އޭނާގެ އުމުރުން 17 ގައެވެ.