Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު ކޮވިޑު-19

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ޖަހަން ފަަށައިފިއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ދޭން ފަށާފައިމިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުން 4 ވަނަ ދުވަހާއި ހަމައަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުން ކުރިއަށްދާނީ ސޯޝަލް ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒާއި، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި، ނޭޝަނަލް އާޓް ގެެލެރީގެ އިތުރުން ސެނަހިޔާގައެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެނީ ފުރަތަމަ ޑޯޒް ދިންތާ 12-8 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

މިހާތަނަށް ރާއްޖޭގެ އާބާދީގެ ދެލައްކަ ސާޅީސް އެއް ހާސް އެއް ސަތޭކަ ހަތާވީސް މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ.