Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ރަނގަޅު: މިނިސްޓަރު އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ޓެރިރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައްވެސް ރަނގަޅު ކަމަށާއި، އަދި ތަހުގީގު ކުރިއަށްދާގޮތްވެސް ރަނގަޅުކަމަށެވެ.

އިމްރާން ވިދާޅުވީ މިހާތަނަށް ލިބުނު ކުރިއެރުމުގައި ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރުން ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމަ ހަމަލާގެ އެންމެ މުހިންމު މީހާގެ ގޮތުގައި ފުލުހުން ފާހަގަކުރާ މީހާވެސް ހިމެނެއެވެ.