Last Updated: April 16, 14:32
Tuesday, April 16, 2024
ޚަބަރު

ކޮވިޑު އިތުރު މަރެއް، އަދަދު 93އަށް!

ކޮވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ރޭ ދަންވަރު 1:39 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ. މިއީ ރާއްޖެއިން ކޮވިޑުގައި ނިޔާވި 93 ވަނަ މީހާއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ވަނީ އިތުރު 5 މީހުން ކޮވިޑުގައި ނިޔާވެފައެވެ.

ކޮވިޑުގައި ހުކުރު ދުވަހު ފުރަތަމަ ނިޔާވެފައިވަނީ ދަންވަރު 02:24 ހާއިރު ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން ހެނދުނު 6:30 ހާއިރު ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 64 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އަދި ތިންވަނަ މީހާ ނިޔާވެފައިވަނީ ހެނދުނު 9:05 ހާއިރުއެވެ. އެއީ 86 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ހަތަރު ވަނައަށް ނިޔާވެފައިވަނީ މެންދުރު 12:48 ހާއިރު 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދުވާލެއްގެ މައްޗަށް ކޮވިޑުގައި މަރުވާ މީހުން އިތުރުވަމުން އަންނަ އިރު ހޮސްޕިޓަލް ތަކުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިވަނީ 259އަށް އަރާފައެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ