Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު ކޮވިޑު-19

ކޮވިޑް މަރު 100 އިން މައްޗަށް

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ފަތިހު 04:41 ހާއިރު ޑީއެޗް11 ގައި ފަރުވާ ހޯދަމުންދިޔަ މީހަކު މަރު ވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 100 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ބާރު ސްޕީޑެއްގައި ފެތުރެމުން އަންނައިރު، ފާއިތުވި ހަފްތާއާއި މިހަފްތާގައި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ.