Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު ކޮވިޑު-19

މިއަދުގެ ހަތަރު ވަނަ މަރު، ޖުމުލަ އަަދަދު 109 ކަށް

ކޮވިޑް-19 ގައި ރާއްޖެއިން މިއަދު މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 08:44 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 51 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 109 ކަށް އަރާފައެވެ.

މިއަދު ހެނދުނު އައިޖީއެމްއެޗް އީއާރްއަށް ގެނައި އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފައެވެ. އަދި ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދެ މީހަކުވެސް ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނި އިތުރުވަމުންނެވެ.