Last Updated: July 22, 10:02
Wednesday, July 22, 2026
ޚަބަރު ކޮވިޑު-19

ކޮވިޑްގައި މިއަދު 5 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ފަސްވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފައިވަނީ މިއަދުގެ ހެނދުނު 08:30 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ރާއްޖޭގައި ކޮވީޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 110 ކަށް އަރާފައެވެ.