Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު ކޮވިޑު-19

މިއަދުގެ 6 ވަނަ މަރު، ޖުމުލަ އަދަދު 111 އަށް

ކޮވީޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 09:48 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 111 އަށް އަރާފައެވެ.

މިއަދު ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެއްވެސް އަދި އުމުރުން 51 އަހަރުގެ އިންޑިއާ ފިރިހެނެއްވެސް މަރުވެފައެވެ. މިއަދު ހެނދުނު އައިޖީއެމްއެޗް އީއާރްއަށް ގެނައި އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފައެވެ. އަދި ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދެ މީހަކުވެސް ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނި އިތުރުވަމުން