Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ކޮވިޑު-19

ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މަގުމަތީ ފިލި ދެމީހަކު ހޯދަނީ

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ފެސިލިޓީއަށް ގެންދިޔަ މަގުމަތީގައި ފިލި ފެމީހަކު ހޯދަމުން އަންނަކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މި ދެމީހުންނަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންކަމަށެވެ.

އަދި މި ދެމީހުންވެސް ބަންދުކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ބަންދު ދޫކޮށްލާ މި މީހުން އެޗްޕީއޭއާއި ހަވާލުކުރިކަމަށެވެ.

މި ދެމީހުން ފިލާފައިވަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ފެސިލީޓީއަށް ގެންދަނިކޮށް ރޭގެ ވަގުތެއްގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައިވެއެވެ.