Last Updated: May 7, 10:18
Tuesday, May 7, 2024
ޚަބަރު ކޮވިޑު މަރު

ކޮވިޑް ޖެހިގެން އިތުރު މަރެއް، ޖުމުލަ އަދަދު 124 އަށް

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 08:07 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 124 އަށް އަރާފައެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް-19 ގައި 51 މީހުން މަރުވެފައެވެ. މި މުއްދަތުގައި 24،530 މީހަކަށް ބަލިޖެހިފައިވެ އެވެ.