Last Updated: May 7, 21:23
Tuesday, May 7, 2024
ޚަބަރު

ކޮވިޑު އިތުރު ދެ މަރު، އަދަދު 132 އަށް

ކޮވިޑުގައި މަރުވި މީހެއް ވަޅުލުމުގެ މަސައްކަތުގައި، ފޮޓޯ: ޕީއެސްއެމް

ކޮވިޑަށް ފަރުވާ ދެމުން ދިޔަ ދެ މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 77 އަހަރުގެ 58 އަހަރުގެ ފިރިހެނަކު ވަނީ ކޮވިޑުގައި މަރުވެފައެވެ. މި ދެމީހުންނާއި އެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 132 އަށް އިތުރުވެފައެވެ.

މި ބަލީގައި މިއަދު ފުރަތަމަ މަރުވެފައިވަނީ 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ އައިޖީއެމްއެޗް އަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 130 ވަނަ ފަރާތެވެ.

މި ބަލީގައި ރާއްޖެއިން އިއްޔެ ވަނީ ޖުމްލަ ހަ މީހަކު މަރުވެފައެވެ. އެއީ އުމުުރުން 80 އަހަރުގެ ފިިރިހެނަކާއި، 79 އަހަރުގެ އަންހެނަކާއި 62 އަހަރުގެ އަންހެނަކާއި 68 އަހަރުގެ އަންހެނަކާއި 78 އަހަރުގެ ފިރިހެނަކާއި 66 އަހަރުގެ ފިރިހެނެކެވެ. މީގެތެރެއިން ފަސް މީހަކު މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.

ރާއްޖޭގައި މިވަގުތު 23،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، 290 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.ގެ