Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ކޮވިޑު މަރު

އައްޑޫ އިން ކޮވިޑް ޖެހުނު މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ނިޔާވެއްޖެއެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި މި ބަލީގައި އައްޑޫން ނިޔާވެފައިވަނީ، އައްޑޫ ކޮވިޑް ފެސިލިޓީގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވެފައިވަނީ މިރޭގެ 10:15 ހާއިރު އެވެ. އެމީހާ އަކީ ހިތަދޫ އަށް ނިސްބަތްވާ މީހެކެވެ.

މިއީ އައްޑޫ އިން މި ބަލީގައި ނިޔާވި ފުރަތަމަ މީހާ އެވެ. އަދި މިއީ މިއަދު ރާއްޖެއިން މި ބަލީގައި ނިޔާވި 11 ވަނަ ފަރާތެވެ. މި 11 މީހުންނާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 140 އަށް އަރާފައެވެ.

އައްޑޫން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 17 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 176 އަށް އަރާފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 47 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.