Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު ކޮވިޑު މަރު

ކޮވިޑްގައި 90 އަހަރުގެ އަންހެނެއް މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ 10:35 ގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިއޮތް އަންހެނަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 90 އަހަރުގެ އަންހެނެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 211 އަށް އަރާފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 73،798 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 3602 ކަމަށްވާއިރު އޭގެތެރެއިން 28 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 69،974 މީހުން ރަނގަޅުވެފައިވެއެވެ.