Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު ކޮވިޑު މަރު

ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ

ގދ. ތިނަދޫ، ފޮޓޯ: ތިނަދޫ ޕޭޖް

ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.

ޑރ. އަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ، މިއަދު މެންދުރު 01:55 ގައި ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

އެގޮތުން މަރުވެފައިވަނީ 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މިއީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ތިން ވަނަ މީހާއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހަކު ޖުމުލަ އަދަދު ވަނީ 213 އަށް އަރާފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 73،798 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 3602 ކަމަށްވާއިރު އޭގެތެރެއިން 28 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 69،974 މީހުން ރަނގަޅުވެފައިވެއެވެ.