Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު ކޮވިޑު ވެކްސިން

އައްޑޫއަށް ފޮނުވި ކޮވިޝީލްޑް ވެކްސިން ހުސްވެއްޖެ

އައްޑޫ ސިޓީއަށް ފޮނުވި ކޮވިޝީލްޑް ވެކްސިން ހުސްވެ ވެކްސިން ޖެހުން މެދުކަނޑާލައިފި އެެވެ.

އައްޑޫސިޓީގައި ކޮވިޑްޝީލްޑް ވެކްސިން ޖަހަން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފެށީ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކޮށްގެނެވެ. އެގޮތުން ނަންނޯޓް ކުރާ ފަރާތްތަތަކުގެ ތެރެއިން އިސްކަން ދީފައިވަނީ ފުރަތަމަ ޑޯޒް ޖެހި ކުރިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ.

ވެކްސިން ހުސްވެގެން ހުއްޓާލިއިރު ދެ ވަނަ ޑޯޒް ޖެހުމަށް ނަން ނޯޓްކޮށްފައި ގިނަ ގިނަ ބަަޔަކުއަދިވެސް އެބަ ތިއްބެވެ. އަދި ދެ ވަނަ ޑޯޒް ނުޖަހައި، ނަން ނޯޓް ނުކޮށް ވެސް ގިނަ ބަޔަކު އަދި އެބަ ތިއްބެވެ.

އައްޑޫގައި ވެކްސިން ޖަހަމުން ދިޔައީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުންނާއި ސިއްހީ މަރުކަޒުތަކުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ތެރެއިން ކޮވިޝީލްޑް ވެކްސިން ރާއްޖެ ގެނެސް ޖަހަން ފެށުމަށް ފަހު މީގެ ކުރިންވެސް ހުއްޓާލީ އޭރު ގެނައި ވެކްސިން ހުސްވެގެންނެވެ. އަލުން އެ ވެކްސިން ދޭން ފެށީ މި މަހުގެ ތިން ވަނަ ދުވަހު އާ ޝިޕްމެންޓެއް ރާއްުޖެއަށް ގެނައުމުންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނި ގޮތުގައި އެއީ ހެޔޮއެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ޝިޕްމެންޓެއް ކަމަށެވެ. ސަރުކާރުން ގެނައުމަށް މަސައްކަތްކުރާ ވެކްސިން ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފައި އެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާގެ ތެރޭގައި ދެ ވަނަ ޑޯޒް ޖަހަން ޖެހޭނެ ކަމަށް ފުރަތަމަ ބުނި ނަމަވެސް ނަމަވެސް ފަހުން އެޗްއީއޯސީން ބުނެފައި ވަނީ ފުރަތަމަ ޑޯޒު ޖެހިތާ، 12 ހަފުތާ ފަހުން ދެ ވަނަ ޑޯޒު ޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އައްޑޫ ސިޓީއަށް ކޮވިޝީލްޑްގެ އިތުރު ވެކްސިން މި މަހު ލިބޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައި އެވެ.