Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު ކްރިމިނަލް ކޯޓު

ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިންތާ 12 އަހަރު ފަހުން ޖަލު ހުކުމެއް

މީގެ 12 އަހަރު ކުރިން ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރި ގަނޑު ތަޅާލި މީހަކު އެއްމަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ޕޮލިސް ސްޓޭޝަން އިމާރާތުގައި ފެންލައިޓްގެ ބިއްލޫރިގަނޑު ތަޅާލުމާ ގުޅިގެން ތ.ގުރައިދޫ، ތިނބުރޯޒްގެ މުހައްމަދު ސަމާހްގެ މައްޗަށް ދައުލަތުން އުފުލި އަމުރަށް ހުކުމް އައިސްފައިވަނީ އޭނާ ކްރިމިނަލް ކޯޓުގައިވެފައިވާ އިއުތިރާފާއެކު އެވެ.

ދައުލަތުން އުުފުލި ދައުވާފައި ބުނެފައިވަނީ މުޙައްމަދު ސަމާހް 12 އޮކްޓޯބަރ 2009 ދުވަހުގެ 12:10 އެހައިކަންހާއިރު، ތ.ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ އޮފީސް އިމާރާތުގެ ބޭރަށް ހުރި ފެންލައިޓް ބިއްލޫރިގަނޑު ގާބުރިއަކުން ޖަހައި ތަޅާލާފައިވާ ކަމަށެވެ. އެ ކުށާއި ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ 2 ޖެނުއަރީ 2018 ވަނަ އަހަރު އެެވެ. އެހެން ކަމުން މި މައްސަލަ ކްރިމިނަލް ކޯޓުން ކޮށްފައި ވަނީ މައްސަލަ ކޯޓަށް ހުށައެެޅިތާ ތިން އަހަރު ފަހުންނެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވަނީ އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އެއް މަހާއި ހަ ދުވަހަހަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެެވެ.