Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު ކޮވިޑު-19

އައްޑޫގެ އަދަދު މައްޗަށް، މިއަދު 24 މީހުން ޕޮޒިޓިވް

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީން އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 24 ކޭސްގެ ތެރެއިން 13 ކޭސް ފެނިފައިވަނީ ހިތަދޫއިން ކަމަށާއި، ދެ ކޭސް މަރަދޫއިން ފެނުނުއިރު ނުވަ ކޭސް ފޭދޫއިން ފެނުނު ކަމަށެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 97 ކޭސް އުޅޭއިރު، ފޭދޫގައި 58 ކޭސް،، ހިތަދޫގައި 56 ކޭސް، މަރަދޫފޭދޫގައި ފަސް ކޭސް އަދި ހުޅުދޫގައި ދެ ކޭސް އަދި މީދޫގައި ތިން ކޭސްގެ އިތުރުން ގަމުގައި ވެސް އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 222 އަށް އަރާފައެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.