Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ޝަރުއީ ދާއިރާ

ރައީސް ޔާމީން ކަފާލާތުގެ ދަށުން ދުލެއް ނުކުރި

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ރައީސް އަބްދުالله ޔާމީން--

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރުމަށް ނިންމައިފިއެވެ.

އެގޮތަށް ނިންމިކަން އިއުލާނުކޮށްފައިވަނީ މިއަދު އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކުރުމަށާއި، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ ކަފާލާތުގެ ދަށުން ޔާމީން މިނިވަން ނުކުރުމަށާއި ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނުނެރުމަށެވެ. އެހެންނަމަވެސް ޖުރިމަނާ ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައިވެއެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން އަލަށް ހުށަހެޅި ހެކީގެ ތެރެއިން ޝަފަހީ 2 ހެކި ބަލައިގަތުމާ ގުޅޭގޮތުން ގޮތެއް ނިންމާފައެވެ. އެގޮތުން އެ ދެ ޝަފަހީ ހެކި ބަލައި ނުގަތުމަށް މިއަދު ވަނީ ނިންމާފައެވެ. އެ ދެ ހެކި ބަލައިނުގަތުމަށް ނިންމާ ބުނެފައިވަނީ އެ ދެ ހެއްކަކީ ކްރިމިނަލް ކޯޓަށްވެސް ހެކީގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައި އޮތް ދެ ހެއްކެއް ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ދެ ޝަފަހީ ހެއްކެއް ހުށަހަޅާފައިވަނީ ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުގެ އަތުގައި އެމަނިކުފާނުގެ ފައިސާ ހުރިކަން ސާބިތު ކުރުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.