Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު ޝަރުއީ ދާއިރާ

ޖުރިމަނާ 5 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެފި

ކުރީގެ ރައީސް އަބްދުالله ޔާމީން-- ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖުރިމަނާ އަދަބުގެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފިއެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި އެދިފައިވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކުރުމަށާއި، ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ ޖަލު ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނުނެރުމަށެވެ. އަދި ކަފާލާތުގެ ދަށުންވެސް މިނިވަން ނުކުރުމަށެވެ. އެހެންނަމަވެސް އިއްވާފައިވާ ޖުރިމަނާ ފައިސާ ދެއްކުމުގެ އަދަބު ފަސްކުރުމަށް އަމުރެއް ނެރުމަށް ފެންނަކަމަށް 3 ފަނޑިޔާރުންވެސް ނިންމަވާ އެ އަމުރު ވަނީ ނެރެފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖުރިމަނާ ފައިސާގެ އަދަބާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް މައްސަލައެއް އެއްވެސް ހުށަހަޅާފައިވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.