Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ކޮވިޑު މަރު

އައްޑޫއިން ކޮވިޑް ޖެހިގެން 6 ވަނަ މީހަކު މަރުވެއްޖެ

އައްޑޫސިޓީން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ 12:10 ހާއިރު އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު އައްޑޫގައި މިބަލިން މަރުވި މީހުންގެ ޖުމުލަ އަދަދު 6 އަށް އަރާފައިވާއިރު ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 241 އަށް އަރާފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 87،071 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1550 ކަމަށްވާއިރު އޭގެތެރެއިން 22 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 85،268 މީހުން ރަނގަޅުވެފައިވެއެވެ.