Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު ކްރިމިނަލް ކޯޓު

ވަޅޯމަސްތަކެއް ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ބަންދަށް 10 ދުވަސް

ފޮޓޯ: ޕީއެސްއެމްނިއުސް

ވަޅޯމަސްތަކެއް ވަގަށް ނެތިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީނާގެ ބަންދަށް ކޯޓުން އިއްޔަ 10 ދުވަސް ޖަހާފައިވާއިރު، އޭނާ ކޯޓުގައި ބުނެފައިވަނީ، ވަޅޯމަސްތަކެއް ވަގަށް ނުނަގާ ކަމަށާއި، އެތަކެއްޗާއި އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އެހެންނަމަވެސް ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ގާތުގައި އޭނާ ބުނެފައިވަނީ އެތަކެއްޗަކީ ވިއްކަން އޭނާގެ އަތުގައި ހުރި އެއްޗެހިކަމަށާއި، އެ ތަކެތި ވިއްކަން އޭނާގެ އަތަށް ދީފައިވަނީ އެހެން މީހަކު ކަމަށެވެ.

މީނާއަކީ ހައްޔަރު އަދި ބަންދު ކުށުގެ ރެކޯޑްސް އޮތް ފަރާތެއްކަން ކޯޓުން ނެރެފައިވާ އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މީނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ޤަރީނާ ހުށަހަޅާފައިވާތީއެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.