Last Updated: May 17, 06:35
Friday, May 17, 2024
ޚަބަރު ޝަރުއީ ދާއިރާ

މަހުމޫދް މަރާލި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް

ކްރިމިނަލް ކޯޓު --

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ޝާ އަލޮމް މިއާ (ސާލިމް)ގެ މައްސަލައިގެ މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ސާލިމްގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އާއި މައްޔިތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

މަހުމޫދްގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، މަހުމޫދު މަރާލުމުގައި ދެ ތިން ތޫނު ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި މަހުމޫދުގެ ހަށިގަނޑު އެކި ތަންތަނަށް އެކި މިންވަރުގެ 30 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. އޭގެތެރެއިން ވެސް މަހުމޫދުގެ ބޮލުން މައިގަނޑު ތިން އަނިޔާއެއް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ސާލިމް މިކަން ކޮށްފައިވަނީ ފައިސާގެ ބޭނުމަށް ކަމަށާއި މި ކުށުގެ އިތުރުން އެ ރަށުގައި ހިނގި ވައްކަމެއްގައި ވެސް އޭނާގެ ބައިވެރިވުން އޮތްކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މަހްމޫދު މަރާލި އިރު އޭނާ އަތުގައި ހުރި ކަމަށް ބެލެވޭ ދިހަ ވަރަކަށް ހާސް ރުފިޔާ ސާލިމް އުޅުނު ގޭތެރެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.