Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު އެމްޑީޕީ

އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރާތަނެއް ނުފެނޭ، މުހިންމީ އެމްޑީޕީ ވެރިކަމުގައި އޮތުން

ފޮޓޯ: ސަން / ފަޔާޒު މޫސާ

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ވާދަކުރައްވާތަން ނުފެންނަ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ 'ދަ ހިންދޫ' ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން އެ އިންޓަވިއުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ ވެރިކަމުގައި އޮތުން މުހިންމުކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން ވިދާޅުވެފައިވަނީ އެމްޑީޕީ ވެރިކަމުގައި ބޭއްވުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އޮތުމަށް މުހިންމު ވަނީ ރައީސް ޔާމީންގެ އަމަލުފުޅުތައް ހުރިގޮތުންކަން ވެސް ފާހަގަކުރެއްވިއެވެ.

އަންނަ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ބޭއްވުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށެވެ.

މިހާރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތްގޮތުން އެއްވެސް ޕާޓީއަކަށް 50 އިންސަައްތައަށްވުރެއް އިތުރަށް އިންތިހާބެއްގައި ހޯދުން އުނދަގޫވެފައިވާކަމަށާއި، އަދި އެކަމުގެ ސަބަބުން އެހެން ކުދި ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް ޖެހިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނު ރައީސް ސޯލިހާ ވާދަކުރައްވާ މަންޒަރު ނުފެންނަ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީ ވެރިކަމުގައި ބޭއްވުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށެވެ.

"ޑިމޮކްރަސީއަށްޓަކާ އެމްޑީޕީން ވެރިކަމުގައި، އިތުރު ދައުރެއްގައި ތިބުން ވަރަށް މުހިންމު. އެމްޑީޕީގެ ވެރިކަމެއް އޮތުމަކީ އެންމެ މުހިންމު ކަންތައް."