Last Updated: April 30, 10:34
Tuesday, April 30, 2024
ޚަބަރު ޝަރުއީ ދާއިރާ

ކުޑަކުއްޖަކާ ބެހުނު ތިން މީހަކު 10 އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓު --

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ތިން މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މިމައްސަލައިގައި ހުކުމް ކޮށްފައިވަނީ ޏ.ފުވައްމުލައް، ފުނާޑު، ގިފްޓް، އަހްމަދު އާސިމް، އާއި ޏ.ފުވައްމުލައް، މިސްކިތްމަގު، ލީނާ، އަބްދުﷲ ފަރުހާދު އަދި ޏ.ފުވައްމުލައް، ފުނާޑު، ނިކަ، މުހައްމަދު ހުސައިންގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން އިއްޔަ ވަނީ މި ތިން މީހުންކުރެ ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.

އަދި މިމައްސަލައާ ގުޅިގެން މި ތިން މީހުންކުރެ ކޮންމެ މީހަކު، ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 9 އަހަރާއި 10 މަހާއި 15 ދުވަސްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވެއެވެ.