Last Updated: May 6, 19:03
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖެހި މީހާ ޖަލަށް!

ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައި--

ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު، ގ. ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މީހާގެ މައްޗަށް ހުކުމް ކޮށްފިއެވެ.

މިމައްސަލައިގައި ދައުވާ ކޮށްފައިވަނީ ނ. މިލަދޫ، ނޫއަލި އަބްދުﷲ ޔަސްފައުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މުދަލަށް ގެއްލުންދިނުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، 31 މޭ 2022 ވަނަ ދުވަހު 2:37 ހާއިރު، ކެނެރީގޭ ބޭރު ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭކޮށް އެ ފާރަށް ގެއްލުންދީފައިވާ ކަމަށެވެ.

މިމައްސައިގައި އަބްދުﷲ ޔަސްފައު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިއުތިރާފުވެފައެވެ. ކޯޓުގައި އޭނާ ބުނެފައިވަނީ އެ ހާދިސާ ހިނގާދިޔަ ގޮތް މިހާރު ހަނދާން ނެތްކަމަށާއި، ނަމަވެސް ކެނރީގޭ ފާރުގައި ސްޕްރޭކޮށްފައިވާނެ ކަމަށެވެ.

އޭނާގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އިދިކޮޅުން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރެފައިވާއިރު، "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއްކަމަށްވާތީ އެ ހަރަކާތް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުންވެސް ފާސްކޮށްފައިވެއެވެ.