Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އެކްސިޑެންޓްވި ދެ ޒުވާނުން މާލެ ފުރުވައިފި

ރޭ ހިތަދޫ ބޮޑުމަގުގައި ހުންނަ "ފޭލި" ފިހާރަ ކުރިމަތިން ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު ދެ ޒުވާނުން ފަރުވާ ދެވެން ނެތިގެން އިތުރު ފަރުވާއަށް މާލެ ފުރުވައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު އާސަންދައިގެ ދަށުން ފުރުވާފައިވަނީ ހިތަދޫ ދުންނިކަގޭ، އަހްމަދު އާލިމް އާއި، ހަސަން ސާމިހް، ލިވާ، ސ.ހިތަދޫއެވެ.

މި ދެޒުވާނުންގެވެސް ސީރިއަސް ގެއްލުން ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓްވި މަންޒަރު ދުށް މީހަކު ރޭ "އައްޑޫލައިވް"އަށް ބުނީ އެކްސިޑެންޓްވީ ދެކޮޅަށް ދުއްވާފައި ދިޔަ ސައިކަލް މަގުގެ އަރިމަތީ ފަރާތުގައި ހެދިފައިވާ ފެންގަޑަށް ނޭރި ދާން އުޅުމުގެ ތެރޭގައި ގޮސް ޖެހިގެން ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއް ނެތްތާ 2 މަސް ދުވަސް ވެފައިވާ އިރު އެކްސިޑެންޓްވާ ގިނަ މީހުން މިހާރު ފުރުވާލަންޖެހެނީ ފަރުވާ ނުދެވިގެން މާލެއަށެވެ.

އެކްސިޑެންޓްގެ ހާދިސާ އައްޑޫގައި ހިގުމަކީ އާދައިގެ ކަމަކަށް ވެފައިވާ އިރު ފަރުވާ ނުދެވިގެން މާލެ ފޮނުވާލުމަކީވެސް އާދައިގެ ކަމެކެވެ.