Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ކޮރޯނާ ވައިރަސް

އައްޑޫގައި ފުރަތަމަ މީހާއަށް ވެކްސިން ދީފި

ފޮޓޯ: އައްޑޫ ލައިވް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގެނެސްފައިވާ ވެކްސިން އައްޑޫސިޓީގައި ދޭން ފަށައިފި އެވެ.

އެގޮތުން ފުރަތަމަ ވެކްސިން ޖައްސަވާފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑިރެކްޓަރ ޑރ. އަބްދުﷲ އަދްސަރް އަށެވެ. އޭގެއިތުރުން ޑރ. މުންޝިދް، ޑރ. ގުސްތާވޯ އަދި ޑރ. މަނީޝާ ވެކްސިން ޖައްސަވާފައިވެ އެވެ.

އައްޑޫސިޓިގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ހިދްމަތްތެރިންނަށް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން މައުލޫމާތުދެ އެވެ.

އައްޑޫސިޓީގެ އިތުރުން މާލެއާއި ކުޅުދުއްފުށީގައި ވެސް މިއަދު ވަނީ ކޮވިޑް ވެކްސިން ދޭންފަށާފަ އެވެ.

ރާއްޖެއަށް ވަނީ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.