Last Updated: April 20, 09:35
Saturday, April 20, 2024
ޚަބަރު ކޮރޯނާ ވައިރަސް

ޑރ. މުހައްމަދު އަލީ، ނަރީޝް "ސައިޒު"ކޮށްލައިފި!

ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު، ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ކޮވިޑް ވެކްސިނާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ޑރ. މުހައްމަދު އަލީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ވެކްސިން ގެނެސް އިއްޔެ ޖަހަން ފަށާފައިވާއިރު، ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ބޭފުޅުންނާއި ސިއްހީ ހިދުމަތްތެރިންވަނީ ވެކްސިން ޖަހާފައެވެ.

އެހެންނަމަވެސް އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ވެކްސިނާއި ގުޅޭގޮތުން އެކި ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން ޕީއެންސީގެ ކައުންސިލް މެމްބަރު އަދި މާލޭސިޓީ މާފަނު މެދު ދާއިރާއަށް ކުރިމަތި ލައްވާފައިވާ ނަރީޝް ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހް ޖެއްސެވީ މުޅިން އެހެން ވެކްސިނެއް ކަމަށް ދެއްކުމަށް ކުރެހުންތަކެއް ބޭނުންކޮށްގެން ވެކްސިނާއި ގުޅޭގޮތުން އިތުބާރު ގެއްލުވާލުމަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ސޯލިހް ޖެއްސެވީ އިންޑިއާއިން ގެނެސްފައިވާ ވެކްސިން ނޫންކަމަށް ބުނެ ފޮޓޯ ބޭނުންކޮށް ނަރީޝްވަނީ ޓްވީޓްކޮށްފައެވެ.

ނަރީޝްގެ ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްގައި ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވަނީ ނަރީޝް ދައުރުކުރި ފޮޓޮއަކީ އޭނާ ނެންގެވި ފޮޓޮއެއްކަމަށާއި އަދި އެއީ ރައީސް ސޯލިހް ގަޔަށް ޖެއްސެވުމަށް ބޭނުންކުރެއްވި ވެކްސިނެއް ނޫންކަމަށެވެ.

ވެކްސިނާއި ގުޅޭގޮތުން އިދިކޮޅުން އެކިއެކި ވާހަކަތައް ދައްކަމުން އަންނައިރު، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 ވެކްސިނާއި ގުޅޭ މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.